މަސީގެ ރައީސްގެ މަގާމަށް ޖަނާހު

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ(މަސީގެ) ރައީސްގެ މަގާމަށް  ޖަނާހް އިންތިޚާބުކޮށްފިއެވެ. މަސީގެ ރައީސްގެ މަގާމަށް ޖަނާހް އިންތިހާބު ކޮއްފައިވަނީ ރޭ ބޭއްވި މަސީގެ 17 ...

20 Mar 2019 | 05:03

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ(މަސީގެ) ރައީސްގެ މަގާމަށް  ޖަނާހް އިންތިޚާބުކޮށްފިއެވެ.

މަސީގެ ރައީސްގެ މަގާމަށް ޖަނާހް އިންތިހާބު ކޮއްފައިވަނީ ރޭ ބޭއްވި މަސީގެ 17 ވަނަ އަހަރީ ޖަލްސާގައެވެ.

މަސީގެ ރައީސްގެ މަގާމަށް ޖަނާހް އިންތިޚާބްކޮށްފައިވާއިރު މިއީ ޖަނާހް މަސީގެ ރައީސްއަކަށް އިންތިހާބުކުރި 7 ވަނަ ފަހަރެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، ކުރިއަށްއޮތް 2 އަހަރަށް މަސީގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ ހޮވާފައެވެ.

މީގެ އިތުރުން، ކުރިއަށްއޮތް 2 އަހަރަށް މަސީގެ ނައިބް ރައީސުންނަށް ހޮވުމާއި މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްއާއި، ހަޒާންދާރާއި، ހަޒާންދާރުގެ އެހީތެރިޔާގެ އިތުރުން މަސީގެ ބޯޑު މެންބަރުންނަށް 15 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތަކަށް ޙާއްސަ ހަނދާނީ ފިލައެއް އެރުވުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން މިއަހަރު މި ހަނދާނީ ފިލާ އަރުވާފައިވަނީ ކުރިއަށްއޮތް 2 އަހަރަށް މަސީގެ ރައީސަކަށް ހޮވާފައިވާ މުޙައްމަދު ޖަނާހް އަލީއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް