ނިސްބަތުން ބަލާނަމަ ލައިފް އެކްސްޕެކްޓޭންސީ ރޭޓު ނުވަތަ އާންމު ގޮތެއްގައި އެ ގައުމެއްގެ ފަރުދުންގެ އާންމު އުމުރުގެ ރޭޓު އެންމެ މަތި އެއް ގައުމަކީ ޖަޕާނެވެ. އެއީ ދުނިޔޭގެ ލައިފް އެކްސްޕެކްޓެންސީ ރޭންކިންގައި ދެވަނަ ގައުމެވެ. އެ ގައުމުގައި އެވްރެޖް ގޮތެއްގައި މުސްކުޅިވެ މީހާ މަރުވާ އުމުރަކީ 84 އަހަރެވެ. ޖަޕާނުގައި ނިސްބަތުން ގިނަ އަދަދެއްގެ މީހުން ގަދަ ހާލުގައި 100 އަހަރުން މައްޗަށް އުމުރު ދާންދެން އުޅެތެވެ. ރާއްޖޭގެ އެވްރެޖް އުމުރު އުޅެނީ 75 އަހަރުގައެވެ. ޖަޕާނަށްވުރެ 09 އަހަރުގެ ތަފާތެކެވެ.
ޖަޕާނު މީހުންގެ ލައިފް އެކްސްޕެކްޓޭންސީ އެހާ މަތިވުމުގެ އެއް ސިއްރަކަށް ވެފައި އޮންނަނީ ގަވާއިދުން ގްރީން ޓީ ބުއިމެވެ.
ޔޫއެސްއޭ ޓުޑޭގައި ޖަޕާންސް ސީކްރެޓް ޓު ލޯންގަރ ލައިވްސް، މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވާގޮތުގައި އެންމެ ބޮޑު އެއް ސިއްރަކީ ޖަޕާނު މީހުން ގަވާއިދުން ގްރީން ޓީ ބޭނުންކުރާ ކަމެވެ. ދުވާލަކު މަދުވެގެން އެއް ތަށި ނުވަތަ ދެ ތަށި ގްރީން ޓީ ހިޔާރު ކުރާކަމެވެ. އަދި ބައެއް ކެއުންތަކަށް އިންސާފު ކުރާއިރުވެސް ގްރީން ޓީ ހިޔާރު ކުރާކަމެވެ. އެ ގައުމުގެ ގައުމީ ބުއިމަކަށް ވެފައި އޮންނަނީ ފޮތެއްގައި ލިޔެފައި ނެތަސް ގްރީން ޓީއެވެ.
ޕްރޮފެޝަރ އުގައިލް ލިޔުއްވައި، ދިވެހި ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާފައިވާ ފޮތް "ސިއްހީ ހަދިޔާ"ގައިވެސް ގަވާއިދުން ގްރީން ޓީ ބުއިމުގެ ފައިދާ އެތައް ފަހަރަކު ބުނެދެއްވާފައިވެއެވެ.
މިހާ ހިސާބުން، ގްރީން ޓީގެ ސަބަބުން ލިބޭ ސިއްހީ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.
ގްރީން ޓީ އަކީ އޭގައި އެކުލެވޭ ބަޔޯ އެކްޓިވް ކޮމްޕައުންޑްގެ ސަބަބުން ގިނަ ބަލިތަކަކަށް ޝިފާ ލިއްބައިދޭ ބުއިމެކެވެ. އިންސާނާގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދިނުމާއި މުސްކުޅިވުން ލަސްކޮށް ޒުވާންކަންމަތީ ދެމިހުރުމަށް ގްރީން ޓީ އެހީއަކަށްވެއެވެ. ގްރީން ޓީގެ ސަބަބުން ސިކުނޑީގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.
ގްރީން ޓީއަކީ ދުޅަހެޔޮ ހިތަކަށްވެސް އެންމެ ފައިދާ ބޮޑު އެއް ބުއިންކަމުގައި ދިރާސާތަކުން ދައްކާފައިވެއެވެ. މީހާގެ ހަކަތަ އިތުރު ކުރުމަށްވެސް ގްރީން ޓީއަކީ ދެވަނައެއް ނުވާ ބުއިމެކެވެ. އެގޮތުން ގަވާއިދުން ގްރީން ޓީ ބޯނަމަ އެމީހެއްގެ އެނާޖީ ލެވެލް މަދުވެގެން ހަތަރު އިންސައްތަ އިތުރުކޮށްދެއެވެ.
އުމުރުން ދުވަސްވުމުން ދިމާވާ ހަނދާން ނެތޭ ބައްޔަށްވެސް ގްރީން ޓީ ވެފައި އޮންނަނީ ޝިފާ އަކަށެވެ. އަދި ދަތް ފަނިކެއުމާއި ހޭގެ ހަކުރު ހުންނަ މިންވަރު އެއް ލެވެލެއްގައި ހިފަހައްޓާ ދިނުމާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަކީވެސް ގްރީން ޓީން ލިއްބައިދޭ ފައިދާތަކެވެ.
ގްރީން ޓީ އަކީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުންވެސް ދުރުކޮށްދޭ ބުއިމެއް ކަމުގައިވާއިރު ގްރީން ޓީ އަކީ ފަލަވުމުންވެސް ދުރުކޮށްދޭ ބުއިމެކެވެ. ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް ކުރުކޮށް ފޮނިކޮށް ބުނާނަމަ ގްރީން ޓީ އަކީ ދެވަނައެއް ނުވާ ބުއިމެކެވެ.
ރާއްޖޭގައިވެސް ފިހާރަތަކުގެ ހަރުގަނޑުތަކުން ގްރީން ޓީ ފެންނަލެއް މި ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ގްރީން ޓީ ހިޔާރު ކުރާއިރު އޭގެ ސިއްހީ ފައިދާ އެންމެ ބޮޑަށް ލިއްބައިދޭ ގްރީން ޓީއެއް ހިޔާރު ކުރުން މުހިންމެވެ. ޕެކް ކުރެވިފައިވާ ގޮތާއި، ޕެކް ކުރުމުގައްޔާއި އުފެއްދުމުގައި ސިއްހަތަށް އެންމެ އެކަށޭނެ ގޮތަށް އުފައްދާފައިވާ އުފެއްދުންތައް ހިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
އެގޮތުން ޕިރަމިޑުން ވިއްކަމުން އަންނަ ޓުޑޭސް ޓޭސްޓް ގްރީން ޓީ އަކީ ފާހަގަކޮށްލެވޭ ޕްރޮޑަކްޓެކެވެ. އެންމެ ސަޅި އެއް ކަމަކީ ޓުޑޭސް ޓޭސްޓް ގްރީން ޓީގެ ޓީ ބޭގްތަކުގައި ސައިތަށީގެ ތެރެއަށް ދާގޮތަށް ދަގަނޑު ހީރަސް ނުހުންނަ ކަމެވެ. ސައިފަތް ޕެކެޓުގައި ސައިތައްޓަށް ދާގޮތަށް ދަގަނޑު ހީރަސް އެކުލެވޭނަނަ ސިއްހަތަށް އިތުރު ނުރައްކާތަކެއް އެބަ ހުއްޓެވެ.
ކޮންމެ ސައިފަތް ޕެކެޓެއް ވަކި އުރައެއްގައި ބަންދުކޮށްފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މިއީ ހައިޖީނިކަލީ ބަލައިފިނަމަ ވަރަށް ރަނގަޅު ކަމެކެވެ. ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާއި ގެސްޓްހައުސްތަކާއި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިންނަށްވެސް ޓްޑޭސް ގްރީން ޓީ އެންމެ ކަމުދާނެ އެއް ސަބަބަކަށް ވެގެންދާނީ ކޮންމެ ސައިފަތް ޕެކެޓެއް ވަކި އުރައެއްގައި ބަންދުކޮށްފައި ހުރުމެވެ.
ގިނަ ސައިފަތް ޕެކެޓުތަކުގައި ހިމެނޭ ދަގަނޑު ހީރަހުގެ ސަބަބުން ސިއްހަތަށް އެތައް ނުރައްކަލެއް ކުރެއެވެ. ސައިތައްޓަށް ހީރަސް ވެއްޓި، އެ ހީރަސް ދިރުމުގެ ސަބަބުން ނުރައްކާތެރި ބޮޑެތި އޮޕަރޭޝަންތައް ކުރަން ޖެހިފައި އެބަހުއްޓެވެ. އެފަދަ ހީރަސް އުފައްދާފައި ހުންނަ ދަގަނޑުގެ ބާވަތުގެ ސަބަބުން ޓެޓަނަސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތުވެސް ބޮޑެވެ. ހީރަހުގައި ހިމެނޭ ޒިންކް ކޮމްޕައުންޑްގެ ސަބަބުން ކިޑްނީއަށް ގެއްލުންވާކަމީވެސް ދިރާސާތަކުން ދައްކާފައިވާ ކަންކަމެވެ. މީގެ އިތުރުން ހީރަހުގައި ހުންނަ ދަގަނޑުގެ ބާވަތެއް ކަމުގައިވާ "ގަލްވަނައިޒްޑް އަޔަން" ގެ ސަބަބުން އެތެރެ ހައްޓަށް ލޭ ފޭބުމުގެ މައްސަލަ އާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ.
މި ސަބަބުތަކާއިހުރެ އަވަށްޓެރި އިންޑިއާގައި، ސައިފަތް ޕެކެޓުގައި ހީރަސް އެކުލެވޭ ސައިފަތް ޕެކެޓު ވިއްކުން އަދި އެތެރެކުރުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުންފެށިގެން ވަނީ މަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް