އީރާނުގެ މިސައިލް ޕްރޮގްރާމްގެ ސަބަބުން މެދު އިރުމަތި ހޫނު ވަމުންދާކަމަށް އެމެރިކާއިން ބުނެފި

އީރާނުން ހަލުވިކަމާއިއެކު ކުރިއަށް ގެންދަމުންދާ މިސައިލް ޕްރޮގްރާމްގެ ސަބަބުން މެދު އިރުމަތި ހޫނު ވަމުންދާކަމަށް އެމެރިކާގެ އޮފިޝިއަލަކު ބުނެފިއެވެ. އދގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައ...

20 Mar 2019 | 03:28

އީރާނުން ހަލުވިކަމާއިއެކު ކުރިއަށް ގެންދަމުންދާ މިސައިލް ޕްރޮގްރާމްގެ ސަބަބުން މެދު އިރުމަތި ހޫނު ވަމުންދާކަމަށް އެމެރިކާގެ އޮފިޝިއަލަކު ބުނެފިއެވެ.

އދގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އެސިސްޓެންޓް ސެކްރަޓަރީ އޮފް ސްޓޭޓް ފޮ އާރމްސް ކޮންޓްރޯލް، ވެރިފިކޭޝަން އެންޑް ކޮމްޕްލައިންސް، ޔްލީމް ޕޮބްލެޓޭ ބުނެފައިވަނީ އީރާނުގެ މިސައިލް ޕްރޮގްރާމްގެ ސަބަބުން މެދު އިރުމަތީ ގައުމުތަކުގެ މެދުގައި ހަތިޔާރު ގިނަ ކުރުމުގެ ވާދަވެރިކަމެއް ފެށިގެން ގޮސްދާނެކަމަށެވެ.

މީގެ އިތުރުން އީރާންގެ މިސައިލް ޕޮރޮގްރާމާއި، އެގައުމުން ގާނޫނާއި ހިލާފަށް ހަތިޔާރު ބަދަލު ކުރުމާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ބުނެ، ޕޮބްލެޓޭ ވަނީ އީރަނަށް އިންޒާރު ދީފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ބެހޭ ހުރިހާ ގައުމުތަކުން އދގެ ސެކިޔުރިޓީ ކައުންސިލުން ނިންމާފައިވާ، އީރާންއަށް މިސައިލާއި ގުޅޭ ޓެކްނޮލޮޖީތައް ފޯރުކޮއްދިނުން މަނާ ކުރާ ގާވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ޕޮބްލެޓޭ ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް