މަރުވެފައި އޮތް ބޮޑު މަހެއްގެ ބަނޑުގައި 40 ކިލޯ ޕްލާސްޓިކް

ފިލިޕީންސް އަށް ލެއްގި ބޮޑު މަހެއްގެ ބަނޑުން 40 ކިލޯ ޕްލާސްޓިކު ފެނިއްޖެއެވެ. ފިލިޕީންސްގެ ހުޅަނގުގެ އައްސޭރި ފަށަށް ލެއްގި 4.7 މީޓަރުގެ މި ކިޔުވިޔާރސް ބީކްޑް ބޮޑުމަސް މަރުވެފައިވަނީ ގޮހޮރުގައި ޕްލާސް...

20 Mar 2019 | 02:34

ފިލިޕީންސް އަށް ލެއްގި ބޮޑު މަހެއްގެ ބަނޑުން 40 ކިލޯ ޕްލާސްޓިކު ފެނިއްޖެއެވެ.

ފިލިޕީންސްގެ ހުޅަނގުގެ އައްސޭރި ފަށަށް ލެއްގި 4.7 މީޓަރުގެ މި ކިޔުވިޔާރސް ބީކްޑް ބޮޑުމަސް މަރުވެފައިވަނީ ގޮހޮރުގައި ޕްލާސްޓިކް ގިނަވެ، ކާއެއްޗެހި ހަޖަމް ނުކުރެވިގޮސް ބަނޑަށް ޖެހިގެން ކަމަށް އެ ގައުމުގެ ފިޝަރީސް ބިޔުރޯއިން ވަނީ ބުނެފައެވެ.

ސަރުކާރާއި އިތުރު ޖަމިއްޔާއަކާއި ގުޅިގެން އޭގެ ބަނޑު ފަޅާލައިގެން ހެދި ނެކްރޮޕްސީ އަކުން ޕްލާސްޓިކް ކޮތަޅާއި ހަނޑޫ ގޯނިފަދަ 40 ކިލޯގެ ޕްލާސްޓިކް ވަނީ ފެނިފައެވެ. މި ނެކްރޮޕްސީ ހެދި ޑީ ބޯން ކަލެކްޓާ މިއުޒިއަމްއިން ބުނެފައިވަނީ މިއީ ފާއިތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފެނުނު އެންމެ ހިތްދަތި އަދި އެންމެ ގޯސް ހާލަތު ކަމަށެވެ.

ކަނޑަށް އެންމެ ގިނައިން ޕްލާސްޓިކް އަޅާ ގައުމުތަކުގެ ތެރެއިން ފިލިޕީން ހިމެނެނީ ތިން ވަނައިގައެވެ. އެއްވަނައިގައި ޗައިނާ އޮތްއިރު ދެވައނައިގައި އޮތީ އިންޑޮނޭޝިޔާއެވެ. މިއީ  ދަ ވޯލް ސްޓްރީޓް ޖާނަލްއިން، 2010 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނެފައިވާގޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް