ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލްކޮށް ކޯޓަށް ގެނެސް ހަ ގަޑިއިރު ކޯޓުގައި ބޭންދުމަށްފަހު ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ރައީސް މައުމޫން ހަ ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކޯޓުގައި ބޭންދުމުން އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ރައީސް މައުމޫންގެ ޝަރީއަތް ކެންސަލް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުގައި މިރެއަށް ތާވަލު ކޮށްފައިހުރި ބައެއް އިތުރު ޝަރީއަތްތައްވެސް ކެންސަލް ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތުގެ އަޑުއެހުމަކާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ޝަރީއަތާއި ކުރީގެ ސީޕީ އަރީފް ގެ ޝަރީއަތް ހިމެނެ އެވެ.
އުމުރުން 80 އަހަރުފުޅުގެ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މިއަދު ރައީސް މައުމޫން ހާޒިރުކުރީ ބަންދުގެ މަޖިލީހަކަށް ކަމެއް ނުވަތަ ޝަރީއަތުގެ މަޖިލީހަކަށްކަން ސާފެއް ނުވެ އވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް