ރިޔާޒް ރަޝީދަށް އެމްޕީ އިލްހާމްގެ އާއިލާއިން ޝުކުރު އަދާކޮށްފި

އިދިކޮޅު މެމްބަރުން ތަކަކާއެކު ޕީޕީއެމް ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ނެންގެވި ފޮޓޯއެއް ސިޔާސީ ބަހުސަކަށް ވެފައިވަނިކޮށް އެމްޕީ އިލްހާމްގެ އާއިލާއިން ރިޔާޒް ރަޝީދަށް ޝުކުރު އަދާކޮށްފި އެވެ. އެގޮތުން އ...

20 Mar 2018 | 15:28

އިދިކޮޅު މެމްބަރުން ތަކަކާއެކު ޕީޕީއެމް ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ނެންގެވި ފޮޓޯއެއް ސިޔާސީ ބަހުސަކަށް ވެފައިވަނިކޮށް އެމްޕީ އިލްހާމްގެ އާއިލާއިން ރިޔާޒް ރަޝީދަށް ޝުކުރު އަދާކޮށްފި އެވެ.

އެގޮތުން އިލްހާމްގެ ކޮއްކޮ ހުސެއިން މައުރޫފް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރިޔާޒްބެ އަކީ އެމްޕީ އިލްހާމްގެ ތިމާގެ ބޭބެއެއް ކަމަށާއި ރިޔާޒްބެއަށް ހެޔޮއެދެން މަންމަ އަބަދުވެސް ބުނާނެ ކަމަށެވެ. އަދި ރިޔާޒް ރަޝީދަށް ޝުކުރު އަދާކުރާ ކަމަށްވެސް އިލްހާމްގެ ކޮއްކޮގެ ޓްވީޓްގައި ބުނެފައި ވެ އެވެ.

https://twitter.com/HussainMauroof_/status/976101421471875072

ނަމަވެސް މި ފޮޓޯއާއި މެދު ރިޔާޒް ރަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަގުމަތިން ހިނގާފައި ދާ މީހުން ހިފަހައްޓައިގެން ފޮޓޯ ނަގާފަ އެއީ އެމީހުންގެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ކަމަށް ދައްކުވަން އުޅުމަކީ ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ މީހުން ކުރާ ކަހަލަ ކަމެއް ކަމަށެވެ.

https://twitter.com/riyaz_rasheed/status/976066503521878022

ރިޔާޒް ރަޝީދުގެ މި ޓްވީޓާއިމެދު އިލްހާމްގެ އާއިލާ މެމްބަރަކު ބުނީ ރިޔާޒްބެއަކީ އަބަދުވެސް ހައްގާއި އިންސާފަށް ލޯބިކުރާ ބޭބެއެއް ކަމަށާއި ރިޔާޒްބެއަށް އެއްވެސް ދެރަގޮތެއް ވާކަށް އިލްހާމްގެ އާއިލާއިން ނޭދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް