އެއާޕޯޓު ހަދަން އިއުލާނު ކުރި މާފިނޮޅު ވަރުވާއަށް ދޫކުރަނީ

ހއ. މާފިނޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި، އެ ރަށުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވަނިކޮށް މާފިނޮޅު ވަރުވާއަށް ދޭން ނިންމައިފި އެވެ. ފިޝަރީޒ...

20 Mar 2018 | 12:55

ހއ. މާފިނޮޅުގައި އެއާޕޯޓެއް ހަދަން ނިންމައި، އެ ރަށުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވަނިކޮށް މާފިނޮޅު ވަރުވާއަށް ދޭން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާފޮނޮޅާއި އެކު 25 ރަށެއް ވަރުވާއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބިޑު ފޮތް މިމަހުގެ 25 ން ފެށިގެން ގަންނަން ލިބޭނެ ކަމަށާއި އަންނަ މަހުގެ 24 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން އެ ރަށުުގައި އެއާޕޯޓެއް ހަދަން ނިންމާފައިވާ ކަން ހާމަކޮށް އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށް އިއުލާނު ކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

މިއަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ހއ. ހޯރަފުށީ ކައިރީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ރީޖަނަލް އެއާޕޯސްޓްސް އިން އެ ރަށުގައި އެއާޕޯޓު އަޅަން ނިންމާފައިވާ ކަން ހާމަ ކުރީ އޭގެ ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް