އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ކުރިޔަށްދިޔަ ގޮތާއި ބެހޭގޮތުން ކްރިމިނަލް ކޯޓާއި ގާޒީން ބަދުނާމުވާގޮތަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެ ކޯޓުން ދީފި އެވެ.
އެ ކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިޔަށް ގެންދާނެ ގޮތުގެ މައުލޫމާތު ވަރަށް ސާފުކޮށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ދީފައި ވަނިކޮށް ޝަރީއަތް ނިމުމުން ނިކުމެ އެ މައްސަލަ ގާޒީ ބައްލަވަނީ ހިތު ހުރިހާ ގޮތަކަށް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ބުނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އެ ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ މިގޮތަށް ދޮގު މައުލޫމާތު ފަތުރައިގެން ކްރިމިނަލް ކޯޓާއި ގާޒީންނާއި މެދު އާންމުންގެ މެދުގައި ނަފުރަތު އުފައްދާ، ކޯޓުގެ ހުރުމަތް ކަނޑާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް