"ވީރުގަތީ" ކުޅުނު ޕޫޖާ ހާލުގައި ޖެހިގެން ސަލްމާން ހާން ހޯދަނީ

ސަލްމާން ހާން އާއި އެކު "ވީރްގަތީ" ކުޅުނު ބަތަލާ ޕޫޖާ ދަޑްވާލް އަށް ޓިބީ ޖެހިގެން ސަލްމާންގެ އެހީ އަށް އެދިއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި ޓީބީ އާއި ފުއްޕާމެއަށް ބައްޔެއް ޖެހި ޕޫޖާ މުމްބާއީގެ ހޮސްޕ...

20 Mar 2018 | 03:34

ސަލްމާން ހާން އާއި އެކު "ވީރްގަތީ" ކުޅުނު ބަތަލާ ޕޫޖާ ދަޑްވާލް އަށް ޓިބީ ޖެހިގެން ސަލްމާންގެ އެހީ އަށް އެދިއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޓީބީ އާއި ފުއްޕާމެއަށް ބައްޔެއް ޖެހި ޕޫޖާ މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮންނަތާ 15 ދުވަސް ވެއްޖެ އެވެ. ޓިބީ ޖެހުމުން ފިރިމީހާ އާއި ފިރިމީހާގެ އާއިލާ ވަނީ ޕޫޖާ ދޫކޮށް ގޮސްފައި އެވެ.

އޭނާ ބުނީ ކުރިން މުމްބާއީގައި ބާއެއް ހިންގަން އުޅެފައި މާ ބޮޑަށް ބަލިވެގެން މިހާރު އެޑްމިޓް ކޮށްފައިވާ ކަމަށާއި ފަރުވާއަށް ހަރަދު ކުރާނެ ފައިސާ ނެތް ކަމަށެވެ. އެހެންވެ ސަލްމާން ހާން އާއި ގުޅަން މަސައްކަތް ކުރަނީ ފައިސާގެ އެހީއެއް ހޯދުމަށް ކަމަށެވެ.

ޕޫޖާ ބުނެފައިވަނީ މިދިޔަ 15 ވަރަކަށް ދުވަސް ތެރޭ ސަލްމާން އާއި ގުޅަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު ގުޅޭގޮތް ނުވާ ކަމަށެވެ. އެހެންވެ ޕޫޖާ ވަނީ ސަލްމާންއަށް އެޑްރެސް ކޮށް ވީޑިއޯ މެސެޖެއް ފޮނުވާފަ އެވެ.

ސަލްމާނަކީ ހާލުގައި ޖެހިފައިވާ ގިނަ ބަލިމީހުންނަށް އެހީދޭ ތަރި އެކެވެ، ސަލްމާނަށް މި މެސެޖު ފޯރުކޮށްދިނުމަށް ބަޔަކު ދަނީ ޓުވިޓާ މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ.

ޕޫޖާ އާއި އެކު ސަލްމާން ފެނިގެން ދިޔަ "ވީރްގަތީ" އަކީ 1995 ވަނަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. މާގިނަ ފިލްމުތަކެއް ޕޫޖާ ކުޅެފައެއް ނުވެ އެވެ. އޭގެ ފަހުން އޭނާ ފެނިގެން ގޮސްފައިވަނީ ދެ ފިލްމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް