ހުޅުމާލޭގައި އެކްސިޑެންޓުވި މީހަކު މަރުވެއްޖެ

އިއްޔެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ ހަސަން މުހައްމަދު ދީދީ، ފުވައްމުލަކު، 32 އަހަރެވެ. އޭނާ މަރުވ...

20 Mar 2018 | 03:02

އިއްޔެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވީ ހަސަން މުހައްމަދު ދީދީ، ފުވައްމުލަކު، 32 އަހަރެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު އެވެ.

އެކްސިޑެންޓުވީ ސައިކަލުގައި ދުއްވާފައި ދަނިކޮށް ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ. މިހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ އޭނާ ގެންދެވުނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އެކަމަކު އަނިޔާތައް ސީރިއަސް ކަމުން އެރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވެގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހަސަންގެ ސިކުނޑިއަށް ލޭ އެޅި، ކަޅި ހުއްޓި، ހޭނެތިފައިވާ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަސަން އަކީ ފިޓު ޖެހޭ މީހެކެވެ. އެ އެކްސިޑެންޓު ހިނގީވެސް އޭނާއަށް ފިޓު ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް