ޓީވީ ތަރި ކުނާލް އެންގޭޖް ވެއްޖެ!

ސްޓާ ޕްލަސްގެ މަގުބޫލް ޑްރާމާ ސިލްސިލާ އިޝްކްބާޒް ގެ ލީޑްރޯލުން ފެނިގެންދާ އެއް ތަރި، ކުނާލް ޖެއިސިންގ (އޯމްކަރާ ސިންގ އޮބްރޯއީ) އެންގޭޖް ވެއްޖެ އެވެ. ގިނަ އަންހެން ކުދިންނަށް ރީތި ކުނާލް އެންގޭޖްވިކަ...

20 Mar 2018 | 02:16

ސްޓާ ޕްލަސްގެ މަގުބޫލް ޑްރާމާ ސިލްސިލާ އިޝްކްބާޒް ގެ ލީޑްރޯލުން ފެނިގެންދާ އެއް ތަރި، ކުނާލް ޖެއިސިންގ (އޯމްކަރާ ސިންގ އޮބްރޯއީ) އެންގޭޖް ވެއްޖެ އެވެ.

ގިނަ އަންހެން ކުދިންނަށް ރީތި ކުނާލް އެންގޭޖްވިކަން ހާމަ ކުރީ އޭނާ މިދިޔަ އާދިއްތަ ދުވަހު ކައިވެނި ކުރަން އުޅޭ ކުއްޖާ އާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައި އެވެ. މޮޑެލްކޮށް ބައެއް ޓީވީ ޝޯތަކުންވެސް ފެނިފައިވާ ބަރަތީ ކުމާރް އާއި ކުނާލްގެ އެންގޭޖްމެންޓުގައި ބައިވެރިވެފައިވަނީ ދެފަރާތުގެ އާއިލާ އާއި ރައްޓެހިންނެވެ. ދައުވަތު ދީފައިވަނީ އެންމެ ޓީވީ ތަރި އެވެ.

ކުނާލް އާއި ބަރަތީގެ ކައިވެނި މިއަހަރު ކުރާނެ ކަމަށް ކުނާލް ބުނެ އެވެ.

މި ދެ މީހުން ބައްދަލުވެފައިވަނީ 2012 ން 2014 އަށް ޗެނަލް ވީ އިން ދެއްކި ކޮމެޑީ ޑްރާމާ ސިލްސިލާއެއް ކަމަށްވާ "ބަޑީ ޕްރޮޖެކްޓް" އިންނެވެ.

އޭގެ ފަހުން އިޝްކުބާޒު ކުޅެން ފެށުމުގެ ކުރިން ކުނާލް ވަނީ "ޔޭހޭ އާޝިގީ" "ޕިޔާރު ތޫނޭ ކިޔާ ކިޔާ" ފަދަ ބައެއް ޑްރާމާތަކުން ފެނިގެން ގޮސްފަ އެވެ. ބަރަތީ ކުޅެފައިވާ ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި "ހަމް ހޭ ހަމް" :ހަމްސޭ ހޭ ލައިފް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް