ރާއްޖެއިން ޕެރޫއަށް ދެމުންދާ އެއްބާރުލުމަށްޓަކައި ޕެރޫގެ އާ ސަފީރު ޝުކުރު އަދާކުރައްވައިފި އެވެ.
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެޒިޑެންޓް ސަފީރަށް ފަތްކޮޅު އެރުއްވުމަށްޓަކައި މިއަދު ހެދުނު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތައްފަހު ވާހަކަފުޅު ދައްކަވަމުން ޖޯޖް ކަސްތަން ޔޭޑާ މެންޒޭޑް ވަނީ ރާއްޖެއާއި ޕެރޫއާއި ދެމެދުގައި އޮތް 28އަހަރުގެ ރަޙުމަތްތރި ކަމުގެ ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން ދެމުންދާ އެއްބާރުލުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޓޫރިޒަމް ދާއިރާގައި ދެ ޤައުމު ދޭތެރޭގައި އޮތް ގުޅުން ބަދަހި ކުރުމަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް މި ވާހަކަފުޅުގައި އެބޭފުޅާ ތަޢުރީފުކޮށްފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަށް ހައްލު ކުރުމަށްޓަކައި ދެ ޤައުމު ދޭތެރޭގައި މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށްވެސް މި ވާހަކަފުޅުގައި އެބޭފުޅާ ވަނީ ހާމަކުރައްވާފަ އެވެ.
ރާއްޖެއާއި ޕެރޫ އާއި ދެމެދު އުފެދިފައިވާ 28 އަހަރުގެ ގުޅުމަކީ ގާތް ރަޙުމަތްތެރިކަމާއި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމުގެ ސަބަބުން އުފެދިފައިވާ ގުޅުމެއްކަމަށް މި ބައްދަލު ކުރެއްވުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރަށްވަމުން އަންނަ ކަންކަމުގެ މައްޗަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވަނީ އަލިއަޅުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް