ދުނިޔެ ހޫނުވުމާއި ތިމާވެށީގެ ނާޒުކުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކޮށް އަމަލީ ގޮތުން މަސައްކަތްކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "އާތު އަވާރ" މިއަންނަ ހޮނިހިރު ދުވަހުގެ ރޭގައި ބޭއްވުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން އާތު އަވާރ ފާހަގަ ކުރާ ދުވަހަކީ މާޗު 25 ވަނަ ދުވަހެވެ. އާންމުގޮތެއްގައި ގަޑިއިރަކަށް ކަރަންޓު ކަނޑާލަން ބުނި ނަމަވެސް މި އަަހަރު އެކަން ކުރަން ހަމަޖެހިފައިވަނީ ބައި ގަޑިއިރަށެވެ. އެއީ ހޮޮނިހިރު ދުވަހުގެ ރޭ 20:30 އިން 21:00 އަށެވެ.
އާތު އަވާރ އާ ގުޅުވައިގެން އަތޮޅުތެރޭގައިވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ދިވެހި ރެޑް ކްރެސެންޓުން ދަނީ ކުރަމުންނެވެ. ރެޑް ކްރެސެންޓުން އިލްތިމާސް ކުރަނީ އެގަޑީގައި ކޮންމެހެން ދިއްލަން ޖެހޭ ދިއްލުންތައް ފިޔަވާ އެހެން ހުރިހާ ދިއްލުންތަކެއް ނިއްވާލުމެވެ.
2009 ވަނަ އަހަރުގެ ރާއްޖޭގައި އާތު އަވާރ އެންމެ ފުރަތަމަ ފަހަރު ފާހަގަ ކުރިއިރު، އޭގެ ފަހުން ކޮންމެ އަހަރަކުވެސް އެއް ގަޑިއިރަށް ކަރަންޓުގެ ބޭނުން ކުރުން ހުއްްޓުވުމަށް ބާރު އަޅާ މަސައްކަތް ކުރަމުން އަންނަތާ 8 އަހަރު މިހާރު ވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް