ޖެނުއަރީ މަހުގައި އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލަ

ކުޑަ ކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާ ގިނަވެ، މިދިޔަ ޖެނުއަރީ މަހުގައި އެކަނިވެސް 104 މައްސަލަ ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީ އިން ހާމަކޮށްފިއެވެ. ޖެނުއަރީ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފަ...

20 Mar 2017 | 11:05

ކުޑަ ކުދިންނަށް ކުރާ އެކި ކަހަލަ އަނިޔާ ގިނަވެ، މިދިޔަ ޖެނުއަރީ މަހުގައި އެކަނިވެސް 104 މައްސަލަ ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

ޖެނުއަރީ މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިިވާ މައްސަލަތަކުގެ ތަފާސް ހިސާބު އެ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ. އެގޮތުން 256 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާިރު އޭގެތެރެއިން 40 އިންސައްތަ މައްސަލައަކީ ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ޖިިންސީ އަނިޔާއާ ގުޅޭ 34 މައްސަލައާއި، ޖިސްމާނީ އަނިޔާގެ 18 މައްސަލައާއި، އަޅާނުލުމުގެ 21 މައްސަލައާއި، ނަފްސާނީ އަނިޔާގެ 18 މައްސަލައާއި، ހަނގާކުރުމުގެ 3 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީީން ހާމަކޮށްފައިވާ ގޮތުގައި ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނައީ ފިރިހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް