ކޮންމެ ދުވަހަކު އެއް ފަހަރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީން، އެޗް1 އެން1 އިންފްލްއެންޒާގެ އަޕްޑޭޓްސް ހިއްސާ ކުރަމުން އަންނައިރު އެޗ1އެން1 ޖެހުނު މީހުންގެ އަދަދާއި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު އިތުރު ވެއްޖެ އެވެ.
އިއްޔެގެ ތަފާސް ހިސާބަށް ބަލާއިރު އަހަރުގެ މިހާތަނަށް އެޗް1އެން1ގެ އަސަރު ފެނިފައިވާކަމަށް ބުނެފައިވަނީ 123 މީހެއްގެ ގައިންނެވެ. މިއަދު ތަފާސް ހިސާބު އާއްމު ކުރިއިރު މި އަދަދު ވަނީ 147 އަށް އިތުރުވެފަ އެވެ. އިއްޔެގެ ތަފާސް ހިސާބުގައި، އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 11 ކަމުގައިވާއިރު މިއަދު އެ އަދަދު ވަނީ ޑަބަލް އިތުރުވެ 22 އަށް އަރައިފަ އެވެ.
މިއަދު ތަފާސްހިސާބު އާއްމުކުރި އިރު މި ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ތިނަކަށް އަރާފައިވާކަމަށް ބުނެފައި ވެ އެވެ. ފަހުން މަރުވި މީހާގެ އެއްވެސް ތަފްސީލެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ކުރިން މަރުވެފައިވަނީ މަރުވެފައި ވަނީ ދެ މީހުންނެވެ. އެއީ 51 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް