އެޗް1އެން1 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ

އެޗް1އެން1 ޖެހުނު އިތުރު މީހަކު މަރުވެއްޖެ އެވެ. މިކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ކަށަވަރު ކޮށްދީފަ އެވެ. މި އީ އެޗް1އެން1 ޖެހިގެން މިފަހަރު މިހާތަނަށް މަރުވި ތިންވަނަ މީހާ އެވެ. މަރުވެފައިވަ...

20 Mar 2017 | 10:24

އެޗް1އެން1 ޖެހުނު އިތުރު މީހަކު މަރުވެއްޖެ އެވެ. މިކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މި އީ އެޗް1އެން1 ޖެހިގެން މިފަހަރު މިހާތަނަށް މަރުވި ތިންވަނަ މީހާ އެވެ. މަރުވެފައިވަނީ ބިދޭސީއެއްކަން އައިޖީއެމްއެޗުން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ ސްފައިން ފްލޫގައި މިފަހަރު މަރުވި މީހަކީ، ހާލު ދެރަވެގެން ކުޅުދުއްފުށީ ގެނައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި އޭނާ މަރުވީ އައިސީޔޫގައި ފަރުވާދެނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެޗްޕީއޭއިން މިއަދުގެ ތަފާސްހިސާބު މިހާރު އާއްމުކޮށްފައިވާއިރު މަރުވެފައިވާމީހުންގެ އަދަދަކީ ތިނެއްކަން ހާމަކޮށްފައި ވެ އެވެ. މިއަަހަރުގެ މިހާތަނަށް އެޗް1އެން1 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 147 ކަމަށް ބުނެފައި ވެ އެވެ. އަދި މިވަގުތު އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދަކީ 22 ކަމަށްވެސް ބުނެފައި ވެ އެވެ. މި އަދަދު ތަކަކީ އިއްޔެއާއި އަޅާ ބަލާއިރު ބޮޑުތަން ގިނަ އަދަދު ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް