އެޗް1އެން1 ޖެހުނު މާބަނޑު މީހާއާއި އޭނާގެ ދަރިފުޅުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި ދެމައިންގެ ހާލަތަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާ ވިދާޅުވީ އަންހެން މީހާއަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދެމުން އަންނަ ކަމަށާއި އަދި ކުޑަ ކުއްޖާ އޮތީ އެންއައިސީޔޫގައި ކަމަށެވެ.
ހދ.ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް އޭނާ ގެނައިރުވެސް އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އަންހެން މީހާގެ ހާލު ސީރިއަސް ކަމުން ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގާފައިވަނީ ބަނޑަށް ހަމަހުގައި މިދިޔަ ބުދަ ދުވަހުގެ ރެ އެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ސްވައިން ފްލޫއަށް މިހާތަނަށް 123 މީހުން ޕޮސިޓިވް ވެފައިވާއިރު ދެ މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް