މަކަރާއި ހީލަތުގެ މައްސަލައަކާއި ހިޔާނާތުގެ މައްސަލައަކާއި ގުޅިގެން ދިވެއްސަކާއި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ހޯދަން އިއުލާނު ކޮށްފައިވަނީ ކ.މާލެ / ހ.މެރީގޯލްޑްވިލާ، އިބްރާހީމް ނިޔާޒް (43އ) އާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރަބީއުﷲ މުޙައްމަދު (24އ) އެވެ. މި ދެމީހުން ހޯދަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ތަފާތު ދެމައްސަލައަކާ ގުޅިގެން ކަމުގައި ފުލުހުން ބުނެ އެވެ.
"އެދެމީހުންގެ ތެރެއިން ކ.މާލެ / ހ.މެރީގޯލްޑްވިލާ، އިބްރާހީމް ނިޔާޒް (43އ) ހޯދަމުންދަނީ ފުލުހުން ތަޙްޤީޤް ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރަބީއުﷲ މުޙައްމަދު (24އ) ހޯދަމުން ގެންދަނީ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ." ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް