ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙުކުރެވުނު "ތަރިކަ" މަޝްރޫޢަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ރައީސް އޮފީހުން މިކަން ހާމަކުރައްވާފައިވާއިރު މި މަޝްރޫޢުގެ ކަންކަން ހިންގެވުމަށްޓަކައި، އިދާރީ ކޮމިޓީއަކާއި ފަންނީ ކޮމިޓީއެއްވަނީ އުފައްދަވާފައިވާކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި "ތަރިކަ] މަޝްރޫޢުގެ މަސައްކަތްތައް ރާއްވަވާނީ، ފަންނީ ކޮމިޓީންކަމަށާއި، ފަންނީ ކޮމިޓީން އަންގަވާ ކަންތައްތައް ހިންގެވުމުގައި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ކުންފުނިތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި، އެތަންތަނުން ކުރިއަށް ރާއްވަވާ ކަންތައްތަކުގެ ތެރެއިން މި މަޝްރޫޢާ ގުޅުވައިލެއްވޭނެ ކަންތައްތައް، މި މަޝްރޫޢާ ގުޅުވައިލައްވައިގެން ކުރައްވަމުން ގެންދެވުމަށާއި، މި މަޝްރޫޢުގެ އިދާރީ ކޮމިޓީން އެދިވަޑައިގަންނަވާ ކަންކަމުގައިވެސް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް