އިސްލާމީ މަރުކަޒު ސަރަހައްދުގައި އައު މާބްލް ޖަހައިފި

އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރީން ޖަހާފައިވާ މުށި ތަކުގައި ރެނދުލުމުން، އެ މުށިތައް ނަގައި، އައު މާބްލް ޖަހައިފި އެވެ. އެކަން ހާމަކުރައްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ރޭ ކ...

20 Mar 2017 | 05:53

އިސްލާމީ މަރުކަޒު ސަރަހައްދުގައި ކުރީން ޖަހާފައިވާ މުށި ތަކުގައި ރެނދުލުމުން، އެ މުށިތައް ނަގައި، އައު މާބްލް ޖަހައިފި އެވެ.

އެކަން ހާމަކުރައްވާފައިވަނީ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ސަރަހައްދުގައި އައު މާބްލް ޖަހާފައިވާއިރު ޑރ މުއިއްޒު ކުރިން ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖެހީ މިނިސްޓްރީން ބޭނުންވި ފެންވަރުގެ މާބްލް އެއް ނޫން ކަމަށެވެ. އެހެންވެ އެ އެއްޗެހި ފޯރުކޮށްދިން ކުންފުންޏަށް އެކަން އަންގައި ސަރުކާރުން އެއްވެސް ހަރަދެއް ނުކޮށް، މައްސަލަ ހައްލުކުރާނެ ކަމަށް މުއިއްޒު ކުރިން ވިދާޅުވެފައި ވެ އެވެ.

އެ މަޝްރޫއަށް ޗައިނާއިން ގާތްގަނޑަކަށް 1.14 މިލިއަން ޑޮލަރުގެ މާބްލް ދިނެވެ. އެކަމަށް ސަރުކާރުން ހޭދަކުރީ ތިން މިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް