މައުމޫން ބޭނުންވަނީ އިބޫއަށާއި ފާރިސްއަށް ރައީސް ކަމާއި ނައިބު ރައީސްކަން ދޭން: ރިޔާޒު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވަނީ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަދި ނައިބު ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މަ...

20 Mar 2017 | 05:24

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވަނީ މަޖިލީހުގެ ރައީސްކަން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް އަދި ނައިބު ރައީސްކަން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނަށް ދޭން ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ހުށަހެޅުމުގެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށެވެ. އެމަނިކުފާނުގެ މައިގަނޑު މަގުސަދަކީ އިބޫ އާއި ފާރިސް އެ މަގާމުތަކަށް ގެނައުން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫން އެގޮތަށް ބޭނުންފުޅުވެގެން ޑީލް ހެއްދެވިޔަސް އެކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.

ރިޔާޒު މިހެން ވިދާޅުވެފައި މިވަނީ ފާރިސް އިސްކޮށް ހުންނަވައިގެން ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ތާއީދު ކުރައްވާކަން ރައީސް މައުމޫން ހާމަކުރައްވާފައި ވަނިކޮށެވެ. އެކަމަކު ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެ ވޯޓު ކާމިޔާބު ވިޔަ ނުދޭނެ ކަމަށް ވިދާޅުވެފައި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު 26 މެންބަރުންގެ ސޮޔާއި އެކު އެވެ. އެ މައްސަލަ ހުށަހެޅުމަށް ފަހު ފާރިސް ވިދާޅުވީ މި  މައްސަލަ ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް