ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ މަގުބޫލު ޖޯޑު ކަމުގައިވާ އަބްދުﷲ މުއާޒް އާއި މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަ ކައިވެނި ކޮށްފިއެވެ.
މިއަދު މި ދެތަރިންގެ ކައިވެނީގެ ހަފްލާ އޮތީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ ބްރެޑްމެޓާސް ގްރީން ރެސްޓޯރެންޓުގައެވެ.
ގިނަ ދުވަސް ތަކެއް ވާދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެތަރިން ރަން ކިޔުމުގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާފައިވާއިރު ކައިވެނި ހަފުލާވެސް ބޭއްވީ ވަރަށް ކުލަގަދަކޮށެވެ. މިއަދު ބޭއްވި ކައިވެނީގެ ހަފްލާގައި ފިލްމީ ދާއިރާގެ ވަރަށް ގިނަ މީހުން ބައިވެރިވި އެވެ.
ދެ ފަންނާނުންގެ ރަން ކިޔުމުގެ ހަފްލާ ބައްވާފައިވަނީ މި މަހުގެ ދެވަނަ ދުވަހު ވިލިމާލޭ އަތިރިމަތީގައެވެ. އެހަފްލާގައި އައްޒަ ރަން ކިޔާފައިވަނީ 30 ރުފިޔާ އަށެވެ.
އައްޒައާއި މުއާގެ ލޯބީގެ ގުޅުމަށް މިހާރު ދެ އަހަރު ވެފައިވާއިރު، ދެމީހުންވެސް މީގެކުރިން ކުރި ކައިވެންޏަށް ދަރިއަކު ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް