ހެލްތުގެ ޕީއެސް ހަދީޖާ މަގާމުން ވަކިކޮށްފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު އަބްދުﷲގެ މައްސަލައެއް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފި އެވެ. ސީއެސްސީގެ ...

20 Feb 2020 | 16:13

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު އަބްދުﷲގެ މައްސަލައެއް ބެލުމަށް ފަހު އޭނާ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވިގޮތުގައި ހަދީޖާ ވަކިކުރަން ނިންމީ ގަވައިދާ ގާނޫނާ ހިލާފަށް އަމަލުތަކެއް ކޮށް، ތަހުގީގު ކުރި ހިންގުމާ ގުޅޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.  ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސައީދު ވިދާޅުވެފައެއްނުވެއެވެ.

މިހާރު ވަނީ ހެލްތު މިނިސްޓްރީ އަށް ޕީއެސްއެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ.

2015 ވަނަ އަހަރު ހަދީޖާ އެ މަގާމަށް އައްޔަން ކޮށްފައިވާއިރު، އޭނާ ވަނީ ޕަބްލިކް ހެލްތު ސިސްޓަމް ޑިވެލޮޕްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް