ގައުމީ ރިޒާވް ހުލިވެ، އިގްތިސޯދު ހުއްޓި، ވިޔަފާރިތައް ބަނގުރޫޓުވަނީ ކުރީ ސަރުކާރާ ހެދިތޯ ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސަރުކާރަށް ސުވާލުތަކެއް އަމާޒު ކުރައްވައިފި އެވެ.
އާސީޕްލޭން ޓާމިނަލް ހިންގުން ޓީއެމްއޭ އަށް ދޭނެ ކަމުގެ ޔަގީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓީއެމްއޭ އަށް ދެއްވި ކަމަށް އިކޮނޮމިކް އެންޑް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނިކޮށް އެކަން ދޮގުކޮށް ސައީދު އިތުރަށް ވިދާޅުވީ ސީޕްލޭންޓާމިނަލް ވަކިބަޔަކައް ދޭން ވަކިއަގަކަށް ކުލިކުރާކަށް އަދި ވަކިގޮތަކަށް އޮޕަރޭޓްކުރާކަށް ކުރީސަރުކާރަކުން އެއާޕޯޓަކަށް އަދި ވަކި ފަރާތަކަށްވެސް ނާންގާނެ ކަމަށެވެ.
އަދި އިތުރަށް ސައީދުގެ ޓުވީޓުގައި ވަނީ ކުރީ ސަރުކާރުން ވާނީ މުޅިއެއާޕޯޓްގެ ތަރައްޤީ އަށް އެންމެ ޒަމާނީ ތަސައްވަރެއްކުރެހި، ފައިސާހޯދި، މަސައްކަތްފެށި، ބާރުސްޕީޑު ގައި ކުރިއަށް ގެންގޮސް. އަދި ވަޅުޖަހާފަ އޮތް އިޤްތސާދެއް ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ރޭޓް ކޮށް އަލުން އަނބުރާ އިތުބާރު ގާއިމްކޮށްފަ ކަމަށެވެ.
"ފިނިހަކަ ދުވެލީގަ ސަރުކާރުގެ ފުރަތަމަހާފު ނިމުންއިރު މިހާތަނަށް ކުރެވުނު ކަމެއްނެތްތާނގަ، "ކުރީސަރުކާރުގެ" ތަރައްޤީ ފެނި ބޮޑެތި މިނިސްޓްރީތައް ކޮށިއަރާމަންޒަރު ފެނުމުން ހިތާމަކުރަން" ސައީދުގެ ޓުވީޓުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް