ޓްރާންސްޕޯޓުން ވަކި ކުރި މީހުންގެ ބަދަލުގައި މީހުން ނެގުން މަޑުޖައްސާލަން އަންގައިފި

ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ ބަދަލުގައި މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މ...

20 Feb 2020 | 12:45

ޓްރާންސްޕޯޓް މިނިސްޓްރީން ވަކިކުރި ނުވަ މުވައްޒަފުންގެ ބަދަލުގައި މަގާމަށް އާ މީހުން ނެގުން މަޑުޖައްސައިލަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ މަހު ވަކިކުރި 11 މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފަކު، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައި، މައްސަލަ ނިމެންދެން އެ ވަޒީފާތަކަށް އާ މީހުން ނެގުން މަޑުޖައްސައިލުމުގެ އަމުރަކަށް އެދުމުން އެ ޓްރައިބިއުނަލުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނުނިމެނީސް އެ މަގާމުތަކަށް އިތުރު މީހުން އައްޔަން ކޮށްފި ނަމަ މައްސަލަ ހުށަހެޅި ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ވަޒީފާތަކަށް އާ މީހުން އައްޔަން ކޮށްފައި ވަނިކޮށް، މައްސަލަ ހުށަހެޅި މީހުންނަށް ވަޒީފާދޭން ޖެހިއްޖެ ނަމަ، އެކަމަށް ޓްރައިބިއުނަލުން ނެރޭ އަމުރެއްގެ ގާނޫނީ ބާރު ނެތިދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ޓްރައިބިއުނަލުން ނިމެންދެން އެ މަގާމުތަކަށް ދާއިމީ ގޮތެއްގައި އެއްވެސް މީހަކު އައްޔަން ނުކުރުމަށާއި އެފަދަ މަސައްކަތެއް ހިނގަމުންދާ ނަމަ، އެކަން ވަގުތުން މަޑުޖައްސައިލުމަށާއި ވަޒީފާ އަނބުރާ ދޭން އަންގާ ހާލަތެއްގައި، އެފަދަ އެންގުމެއް ތަންފީޒު ކުރަން ހުރަސް އެޅިދާނެ އެއްވެސް ކަމެއް ނުކުރަން ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ) އަށް އަންގާ ކަމަށް ވެސް ޓްރައިބިއުނަލުން ނެރުނު އަމުރުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް