މަގު ހެދުމުގެ މަޝްރޫއަށް ރަސްފަންނުގެ ވެލިގަނޑުން ބައެއް ނަގައި މަގަކަށް ހަދަނީ

މާފަންނުގައި ތަރައްގީކޮށްފައިވާ ރަސްފަންނުގައި ދޮންވެލިލާ ހަދާފައިވާ ސަރަހައްދުގެ ބައެއް ނަގައި މަގަކަށް ހަދަން ފަށައިފި އެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިޔަށް ގެންދާ މި މަސައްކ...

20 Feb 2020 | 09:50

މާފަންނުގައި ތަރައްގީކޮށްފައިވާ ރަސްފަންނުގައި ދޮންވެލިލާ ހަދާފައިވާ ސަރަހައްދުގެ ބައެއް ނަގައި މަގަކަށް ހަދަން ފަށައިފި އެވެ.

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިޔަށް ގެންދާ މި މަސައްކަތް ނިމޭއިރު އެސްޓީއޯ ހެޑް އޮފީސް ހިމެނޭ ސަރަހައްދުން ބޮޑޫތަކުރުފާނު މަގާއި ވެސްޓް ޕާކް ސަރަހައްދުން ރަސްފަންނަން ވަންނަ މަގުން ދެ ކޮޅަށް ދުއްވޭނެ އެވެ. މި މަސައްކަތް އަންނަ ހަފްތާގައި ނިންމާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

މި މަގު ދެކޮޅަށް ދުއްވޭ މަގަކަށް ހަދަނީ އެސްޓީއޯ ހެޑް އޮފީސް ހުންނަ ކަނބާއައިސާރަނި ހިނގުން އަލުން ހަދަންވެގެން ބަންދުކުރަން ނިންމާފައިވާތީ އެ ސަރަހައްދުގެ ޓްރެފިކް ހަމަޔަކަށް އަޅުވާށެވެ. އެ މަސައްކަތް ފެށޭނީ ރަސްފަންނުގައި ހަދަމުންދާ މަގު ހުޅުމުންނެވެ.

މާލޭ މަގު ހެދުމުގެ ބޮޑު މަޝްރޫއު ހަވާލުކޮށްފައިވަނީ އާރުޑިސީ އާއި އެވެ. މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއަށް 462 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ.

މި މަޝްރޫއު އެއްކޮށް ނިންމަން ދެ އަހަރު ދުވަސް ނާގަނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް