މިއަހަރުގެ ހުރަވީ ދުވަސް ފާހަގަ ކުރުމަށް "ދުވަސް" އިން ކުރިޔަށް ގެންދިޔަ ސުވާލު މުބާރާތުގެ ނަސީބު ވެރިޔާ ހޮވައިފި އެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔައީ ސޯޝަލް މީޑީއާ ޕްލެޓް ފޯމް ފޭސްބުކްގައި އެވެ. މި މުބާރާތުން ގުރުއަތުން ހޮވިފައިވަނީ ބަޝީރާ މުހައްމަދެވެ.
މިއީ ދުވަސް އާއި ޕޮއިސް ސެންޓު ފިހާރައާއި ގުޅިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. ގުރުއަތުން ހޮވުނު ފަރާތަށް ޕޮއިސްގެ ފަރާތުން ސެންޓު ޕެކެއް ލިބޭނެ އެވެ.
ގުރުއަތުން ހޮވުނު ފަރާތުން އިނާމާ ހަވާލުވުމަށް ދުވަސްގެ ހޮޓްލައިން ނަމްބަރު9770541 ނުވަތަ ދުވަސްގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރުމުން އިންތިޒާމް ހަމަޖެހިގެންދާނެ އެވެ.
އެ ދުވަހު މުޅި ދުވަހަށް ބަހާލައިގެން މި މުބާރާތުގައި ފަސް ސުވާލު ގެނެސްދީފައިވެ އެވެ. އަދި ގިނަ ބަޔަކު މި މުބާރާތުގައި ބައިވެރިވެ ސުވާލުތަކަށް ޖަވާބު ދީފަވެ އެވެ.
ދުވަސް މެނޭޖްމެންޓުން ބުނީ ކުރިޔަށް އޮތްތާވެސް ކިޔުންތެރިންނާއި ގުޅިގެން މިފަދަ މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ އަމާޒެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް