ކޮވިޑް-19: ކަރަންޓީން ކުރި ކުރޫޒް ލައިނާއިން ދެ މީހަކު މަރުވެއްޖެ

ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒް ލައިނާ، ޑައިމަންޑް ޕްރިންސަސްއިން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި މީހުން ގެތެރެއިން ދެ މީހަކު މަރުވެއްޖެ އެވެ. މިމަހުގެ ދެ ވަނަ ދުވަހު ޖަޕާނުގައި އެ ކްރޫޒް ލައިނ...

20 Feb 2020 | 07:44

ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒް ލައިނާ، ޑައިމަންޑް ޕްރިންސަސްއިން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި މީހުން ގެތެރެއިން ދެ މީހަކު މަރުވެއްޖެ އެވެ.

މިމަހުގެ ދެ ވަނަ ދުވަހު ޖަޕާނުގައި އެ ކްރޫޒް ލައިނާ ކަރަންޓީން ކުރީ އޭގައި ހުރި80 އަހަރުގެ ހޮންގްކޮންގް ފިރިހެނަކު އެ ބައްޔަށް ޕޮސިޓިވް ވުމުންނެވެ.

ޖަޕާނުގެ ހެލްތް އޮފިޝަލުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ މަރުވެފައިވަނީ އެ ކްރޫޒް ލައިނާގަ ތިބި ޖަޕާނަށް ނިސްބަތްވާ80 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އެމީހުން ބައްޔަށް ޕޮސިޓިވްވުމުން ކްރޫޒް ލައިނާއިން ބާލައި ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. މަރުވީ މިއަދު އެވެ.

ޖަޕާނު ސަރުކާރުން ނިންމާފައިވަނީ އެ ކްރޫޒްލައިނާގަ ތިބި އެންމެން ބައްޔަށް ޓެސްޓު ކުރާށެވެ. އެގޮތުން މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން631 މީހަކު ޕޮސިޓިވް ވެފައިވެ އެވެ. އެ އެންމެން ވަނީ ޖަޕާނުގެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފަ އެވެ.

ޑައިމަންޑު ޕްރިންސަސް ކަރަންޓީން ކުރުމާއި ގުޅިގެން އޭގައި ތިބި އެހެން ގައުމުތަކުގެ މީހުން އެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެކަމަކު އެ ގައުމުތަކުން ބުނެފައިވަނީ ވައިރަހަށް ޕޮސިޓިވްވި މީހުން ގެންދާނީ ޖަޕާނުގައި ފަރުވާދީ ދޫކޮށްލުމުން ކަމަށެވެ.

އެ ކްރޫޒް ލައިނާގަ3،700 މީހުން ދަތުރު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް