މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ފޯމް ހުށަހަޅުއްވައިފި އެވެ.
މުއިއު ފޯމު ހުށަހެޅުއްވީ އިއްޔެ އެވެ.
ޕީޕީއެމްއިން ބުނީ މާލޭ ސިޓީގެ ތަރައްގީއަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވާފައިވަނީ ޑރ މުއިޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ކަމަށެވެ. އަދި އޭރު މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ މާލޭގެ ތަރައްގީގެ ގިނަ ކަންކަން އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްގެން ހިދުމަތް ދޭންޖެހުނު ސަބަބު ކަމަށެވެ.
މުއިޒު ޕީޕީއެމްއެމްގެ ޓިކެޓު ހޯއްދެވީ ޕްރައިމަރީ އަކާ ނުލައެވެ. އެއީ އިތުރު އެއްވެސް މީހަކު މާލޭ މޭޔަރު ކަމަށް ޕީޕީއެމް ފަރާތުން ވާދަ ކުރަން ހުށަހަޅާފައި ނުވާތީ އެވެ.
ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ މުއްދަތު މިއަދު ހަމަވާއިރު މިހާތަނަށް މާލޭގެ މޭޔަރުކަމަށް ވާދަ ކުރަން ފޯމު ހުށަހަޅުއްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ ޕީޕީއެމްއިން މުއިޒު، އެމްޑީޕީން އަނަސް އަބްދުއް ސައްތާރު އަދި އަމިއްލަގޮތުން އަލްހާން ފަހުމީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް