ވީބީ ހަސަންގެ ފޯމް ބަލައިނުގަންނަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވެރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ...

20 Feb 2019 | 12:57

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވެރު ދާއިރާއަށް ކުރިމަތިލެއްވުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި ފޯމު ބަލައިނުގަންނަން އީސީން ނިންމި ނިންމުމަށް އަމަލުކުރުނަ ފަސްކުރުމަށް ސުޕްރީމް ކޯޓުން އީސީއަށް އަންގައިފި އެވެ.

އީސީން ހަސަން ޝިޔާމުގެ ފޯމް ބަލައިނުގަންނަ ނިންމީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ސާބިތު ދަރަންޏެއް އޮތް މައްސަލައިގައެވެ. މައުލޫމާތު ލިބޭ ގޮތުގައި ސުޕްރީމް ކޯޓުން ފޯމް ބަލައިނުގަންނަން ނިންމި ނިންމުމަށް އަމަލު ކުރުން ލަސްކުރަން އީސީ އަށް އެންގީ މިއަދު ސުޕްރީމް ކޯޓުން އީސީއަށް ފޮނުއްވި ސިޓީއަކުންނެވެ.

އާންމު އިންތިޚާބާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި ބުނާ ގޮތުގައި، އިންތިޚާބުގައި ވާދަކުރަން މީހަކު ހުށަހަޅާ ފޯމު ބަލައިނުގަންނަން އީސީން ނިންމައިފި ނަމަ، އަދި އެ ނިންމުމާ މެދު މީހަކު ޝަކުވާ ހުށަހަޅަން ބޭނުން ނަމަ، ފަސް ދުވަސް ތެރޭގައި ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅަން ޖެހޭނެ އެވެ.

އަދި އެ ކަމަށް ހަތް ދުވަސް ތެރޭ ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ ގުރުއަތުލުން މި މަހުގެ 27 ވަނަ ދުވަހު އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް