ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފި

މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު އައިޖީއެމްއެޗަށް ގެނެސްފިއެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އައިޖީއެމްއެޗަށް...

20 Feb 2019 | 12:52

މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުރި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމު އައިޖީއެމްއެޗަށް ގެނެސްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންނެވީ އެމަނިކުފާނަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ވެސް އެންގެވުމަކާއި ނުލާ ކަމަށެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޫޓީން ޗެކަޕްއަކަށް ކަމަށް ބުނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށި މަނީ ލޯންޑަރިން މައްސަލާގައި، ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ކުރުމާ ގުޅިގެން އެ މަނިކުފާނު ބަހައްޓާފައި ހުންނެވީ މާފުށީ ޖަލުގެ "ސްޕެޝަލް ޕްރޮޓެކްޝަން" ޔުނިޓުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް