އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފުގެ އެކައުންޓަށް ޖަމާވެފައިވާ މައްސަލާގައި މަހްލޫފް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ. މަހުލޫފް ވަނީ އަވަހަށް މައްސަލާގައި ގޮތެއް ނިންމުމަށް ވެސް އެދި ވަޑައިފެންފަ އެވެ.
މްއެމްޕީއާރުސީގެ 1.4 ބިލިޔަން ރުފިޔާގެ ކޮރަޕްޝަނާއި ހިޔާނާތުގެ، 776 ސޮފުހާގެ ތަފްސީލް ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު އޭސީސީން އާންމުުކުރިއިރު އެސްއޯއެފް މެދުވެރިކޮށް މަހްލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާވެފައިވެއެވެ. އެމައްސަލައާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގޭގައި މަޑުކުރެއްވުމަށް މިނިސްޓަރު މަހްލޫފަށް އަންގަވާފައެވެ.
މަހުލޫފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އަދި ކޮރަޕްޝަނާ ދެކޮޅަށް ފާޅުގަ އޭނާ މަސައްކަތް ކުރީ ވައްކަމެއްކޮށް އެފަދަ އެއްވެސް ޖަރީމާއެއް ހިންގައި، އެއިން ކަމެއްގައި ބައިވެރިވެފައި ނުވާނެތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް