ރަސްފަންނު ސަރަހައްދު ހުޅުވައިލާ ނަސަންދުރާ ކައިރި ޓޫވޭ ކުރަނީ

ނަސަންދުރާއާ ދިމާއިން ބޮޑުތަކުރުފާނު މަގު، ދެކޮޅަށް ދުއްވޭ މަގަކަށް ހަދައި ރަސްފަންނު ސަރަޙައްދުން ބަންދުކޮށްފައި އޮތް ސަރަޙައްދު ހުޅުވާލުމަށް ނިންމައިފިއެވެ. ޕީއެސްއެމުން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގ...

20 Feb 2019 | 08:48

ނަސަންދުރާއާ ދިމާއިން ބޮޑުތަކުރުފާނު މަގު، ދެކޮޅަށް ދުއްވޭ މަގަކަށް ހަދައި ރަސްފަންނު ސަރަޙައްދުން ބަންދުކޮށްފައި އޮތް ސަރަޙައްދު ހުޅުވާލުމަށް ނިންމައިފިއެވެ.

ޕީއެސްއެމުން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، ކުރިމަތިން ބޮޑުތަކުރުފާނު މަގު ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރަމުންދާއިރު މިހާރު ކުރިއަށް ދަނީ އެމަގުގެ ޓްރެފިކްގެ ޙާލަތު ވަޒަންކޮށް ބެލުމުގެ މަސައްކަތްކަމަށެވެ.

މީގެ އިތުރުންވެސް، ނަސަންދުރާ ހުރި ހިސާބުން ފެށިގެން ޗާންދަނީ މަގާ ހަމައަށް ދެކޮޅަށް ދުއްވޭގޮތަށް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ މީގެ އިތުރުން ރަސްފަންނު ސަރަޙައްދުގައި ބަންދުކޮށްފައި އޮތް ސަރަޙައްދު ހުޅުވާލުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިސަރަޙައްދު ހުޅުވާލުމަށްޓަކާއި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް ދިމާވެގެން އުޅެނީ ކުރީގެ ސަރުކާރުން މިސަރަޙައްދު ބަންދުކޮށްފައިވަނީ ޢިމާރާތްކުރަމުންދާ ކުންފުންޏާއެކު ކޮންޓްރެކްޓެއްގެ ދަށުންކަމަށްވާތީކަމަށެވެ.

މިނިސްޓަރ ނަހުލާ އިތުރަށް ވިދާޅުވީ، މާލޭގެ ޓްރެފިކްގެ ޙާލަތު ރަނގަޅުކޮށް މަގުތަކުގައި ހުރި ދަތިއުނދަގޫ ކަންކަން ޙައްލުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީނަ ދަނީ ވަރަށްބާރަށް ކުރައްވަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް