ފެން ކުންފުނީގެ ޗެއާމަން ގޭގައި މަޑުކުރަން އަންގައިފި

މާލޭ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގަވައިފިއެވެ. އޭނާ ގޭގައި މަޑުކޮށްލަން ރައީސް އޮފީހުން އަންގާފައިމިވަނީ އެމް...

20 Feb 2019 | 08:09

މާލޭ ވޯޓަރ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަން އަހުމަދު މައުސޫމް ގޭގައި މަޑުކުރަން ރައީސް އޮފީހުން އަންގަވައިފިއެވެ.

އޭނާ ގޭގައި މަޑުކޮށްލަން ރައީސް އޮފީހުން އަންގާފައިމިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ހިމެނޭ އެސްއޯއެފުން މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް 6.1މިލިޔަން ޑޮލަރު ޖަމާކޮށްފައިވާއީ އެކަން ބަލާ ނިމެންދެނެވެ.

މައުސޫމް ގޭގައި މަޑުކޮށްލަން އަންގާފައިވާއިރު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންވެސް ގޭގައި މަޑުކޮށްލަން ރައީސް އޮފީހުން އަންގަވާފައިވެއެވެ. އެ ދެބޭފުޅުންވެސް ގޭގައި މަޑުކޮށްލަން އެންގީ އެސްއޯއެފުން އެބޭފުޅުންގެ އެކައުންޓަށް ޑޮލަރު ޖަމާކޮށްފައިވާތީ އެކަން ކަން ބަލާ ނިމެންދެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް