އަންހެނެއް ގައިގާ ސައިކަލުން ޖެހުމުން، ދުއްވަން އިން ޒުވާނާ ފިލައިފި

އިއްޔެ އަމީނީ މަގުގެ އެވިޑް ކޮލެޖް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާ ވެއްޖެއެވެ. ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިއްޔެ އެވިޑް ކޮލެޖް ކައ...

20 Feb 2019 | 05:43

އިއްޔެ އަމީނީ މަގުގެ އެވިޑް ކޮލެޖް ކައިރީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އިއްޔެ އެވިޑް ކޮލެޖް ކައިރި ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 54 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އެއަންހެން މީހާ މީހާ މިހާރު ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ގެޔަށް ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް މާ ސީރިއަސް އަނިޔާ ތަކެއް ނުވެއެވެ. މައުލޫމާތު ލިބޭގޮތުގައި، އެއަންހެން މީހާގެ ވާއަތު ދެތަނަކުން މަށައިގެން ގޮސް، އަރިކައްޓަށާއި އަދި އުނަގަނޑަށް ތަދުވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިއެކްސިޑެންޓް ހިނގި އިރު، އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ޒުވާނެއް ކަމަށާއި އަދި އެކްސިޑެންޓް ވުމުން މަޑުނުކޮށް އޭނާ އެވަގުތު އެތަނުން ފިލި ކަމަށެވެ. ނަމަވެސް މިހާރު އެމީހާ ހޯދައިގެން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ވިދާޅުވިއެވެ. އެމިހާ ސައިކަލް ދުއްވީ ލައިސެންސާއި ނުލައި ކަމަށްވާތީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް