ރައީސް ސޯލިހްގެ އަސްލު ފޭސްބުކް އެކައުންޓަކީ ކޮބައިކަން ތަރުޖަމާނު ބުނެދެއްވައިފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަސްލު ފޭސްބުކް އެކައުންޓަކީ ކޮބައިކަން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ބުނެދެއްވައިފިއެވެ. ތަރުޖަމާނު މިއަދު ކުރެއްވި ޓްވީޓެއްގަ...

20 Feb 2019 | 05:27

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަސްލު ފޭސްބުކް އެކައުންޓަކީ ކޮބައިކަން ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ބުނެދެއްވައިފިއެވެ.

ތަރުޖަމާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ އަސްލު އެކައުންޓަކީ https://www.facebook.com/ibrahim.m.solih  މި އެކައުންޓުކަމުގައި ބުނެދިނުމަށް ރައީސް ވިދާޅުވެފައިވާކަމަށެވެ. އަދި ރައީސްގެ ނަމުގައި ދެން ހުރި ފޭސްބުކް އެކައުންޓްތަކާއި އެ އެކައުންޓްތަކުގައިވާ ކޮންޓެންޓަކީ ރައީސާއި އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަމުގައި ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ތަރުޖަމާނު މިކަން ބުނެދެއްވާފައިވާއިރު ރައީސް ސޯލިހްގެ ނަމުގައި ހަދާފައިވާ ފޭސްބުކް އެކައުންޓެއްގެ މައްސަލަ މި ފަހުން ބޮޑުވެގެން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް