ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އުފެއްދުމަށް ހުށައަޅާފައިވާ މޯލްޑިވްސް ރިފޯރމް މޫވްމެންޓް (އެމްއާރްއެމް) އަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އަންގާރަ ދުވަހު އިލެކްޝަންސް ކޮމިޝައިން ދިނުމާއި ގުޅިގެން ރައީސް މައުމޫން އަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ޕާޓީއާއި ގުޅެން ފޯމް ފުރަމުންދާކަމަށް އެމްއާރްއެމް އޮފީހުން މައުލޫމާތުދެއެވެ.
އެމްއާރްއެމް އޮފީހުގެ ސެކްރެޓަރީ ޖެނަރަލް އަލީމް ދުވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަރަށް އަވަހަށް އެމްއާރުމްގެ އަތޮޅުތަކުގައި ހުންނަ ފޯކަލް ޕޮއިންޓްތަކަށް ފޯމްތައް ފޮނުވައި ފޯމް ފުރުމުގެ މަސައްކަތް އަތޮޅުތަކުގައިވެސް ފެށޭނެ ކަމަށާއި މިހާރުވެސް ޕާޓީއާއި ގުޅުމަށް ބޭނުންވާ ފަރާތްތަކުން އެމްއާރްއެމް އޮފީހަށް ވަޑައިގަތުމުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަށެވެ.
https://twitter.com/yumna_maumoon/status/1097911638512914432
ކުރީގެ ރައީސް ޔަމީންގެ ދައުރުގައި ޕީޕީއެމްގެ ރައީސް ކަމުން ރައީސް މައުމޫން ވަކި ކުރެއްވުމާއި ގުޅިގެން ނިމިދިޔަ ރިޔާސީ އިންތިހާބު ކެމްޕެއިން ދުވަސްވަރުން ފެށިގެން ރައީސް މައުމޫން އަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދިޔައީ އެމްއާރްއެމްގެ ނަމުގައެވެ.
https://twitter.com/MRM_Office/status/1097928871167442944
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް