މާލޭން ފުރައިގެން އައްޑޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ހުވަދޫ ކަނޑަށް އިންޖީނު ހުއްޓިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ރަނޑި" ނަމަކަށް ކިޔާ ބޯޓުގެ އިިންޖީނު ހުއްޓިގެން އެމްއެންޑީއެފަށް ރިޕޯޓް ކުރީ މިއަދު ފަތިހު 5:33 ހާއިރު ކަމަށެވެ. އެ ބޯޓަކީ 80 ފޫޓުގެ ބޯޓެއް ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ދޯނީގެ އިންޖީން ހުއްޓުނު ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިކާ ކޯސްޓްގާޑް ސްކޮޑްރޮން އިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް