ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދު އާއި ގުޅޭ ދެތަނެއް މިއަދު ބަލާ ފާސްކޮށް އޭނާގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފް ހައްޔަރު ކޮށްފި އެވެ.
ޒާލިފް އަކީ އެމްޕީ އިލްހާމްގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެއް ކަމުގައިވާއިރު އޭނާ ހައްޔަރު ކޮށްފައިވަނީ މިރޭގެ ވަގުތެއްގައި އެވެ. އެއީ ފުލުސް އޮފީހުގައި މިއަދު ހަވީރުއްސުރެ ބޭންދުމަށް ފަހުގައި އެވެ.
ޒާލިފް ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާއިރު ޒާލިފްގެ އާއިލާ މެމްބަރަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ޒާލިފް ފުލުސް އޮފީހަށް ދިޔައީ މިއަދު މެންދުރު ފަހު 3:00 އަށް ފުލުސް އިދާރާއަށް ހާޒިރުވުމަށް އެންގުމުން ކަމަށާއި އެއަށްފަހު ފުލުސް އޮފީހުގައި ގިނަ އިރުތަކެއް ވަންދެން ބޭންދުމަށްފަހު ހައްޔަރު ކޮށް ދޫނިދޫއަށް ގެންދިޔައީ މިރޭގެ ވަގުތެއްގައި ކަމުގައި އާއިލާ މެމްބަރު ބުންޏެވެ.
"ޒާލިފް ފުލުސް އޮފީހުގައި ބައިންދައިގެން އިލްހާމް ދިރިއުޅުއްވާ ގެއާއި ޒާލިފް ދިރިއުޅޭ ގެ ބަލައި ފާސްކުރި، އެއްވެސް އެއްޗެއް ފުލުހުންނަކަށް ނުފެނުނު، އެއަށްފަހު ހައްޔަރު ކުރީ" ޒާލިފްގެ އާއިލާ މެމްބަރަކު ދުވަހަށް މައުލޫމާތު ދެމުން ބުނެފައި ވެ އެވެ.
އެމްޕީ އިލްހާމް ހައްޔަރު ކޮށްފައިވާއިރު، މީގެ ކުރިން އިލްހާމް ހޯދަން އިއުލާނުކޮށް ނުފެނި ދިޔަ ދެތިން ދުވަހުގެ ތެރޭގައި އިލްހާމްގެ އަނބިކަނބަލުންވެސް ފުލުހުން ހައްޔަރު ކުރި އެވެ.
މިއަދު ގެންދިޔައީ ޕޮލިހަށް ދާންކީ، ގެންގޮސްފަ ބޭންދީ އިލްހާމް މެންގެ ޗެކް ކުރަން ގޮސް ނުފެނުނު، ޒާލިފް މެން ގެއިންވެސް އެއްޗެއް ނުފެނުނު
ވަކީލުކަން އެބައި ހަބަރުގަ ގެންނަން ކަން، ވަކީލުންގެ ޓީމުގެ މެމްބަރެއް ވަކީލުންނަށް ލިބޭ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް