ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިން ކަމަކަށް ވޯޓަށް އަހައި މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން އެކަންކަން ފާސްކޮށްފައިވާއިރު އެމްޕީ ފަޒާދު މިއަދުގެ ޖަަލްސާގައި ބައިވެރި ވެފައިނުވާއިރު އަދި އެމްޕީ ނަޝީދު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުތަކުގައި ބައިވެރިނުވާކަމަށާއި މަޖިލީހުގެ ކައުންސިލް ޖެނެރަލް ފިލްޒާ އެ ޖަލްސާއިން ވޯކްއައުޓް ކޮށްފައިވާކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައި އެވެ.
https://twitter.com/AhmedMahloof/status/965944880533970945
އެ ޓްވީޓްގައި އެ ތިން ބޭފުޅުންނަށް މަހްލޫފް ޝުކުރު އަދާކުރައްވާފައި ވެއެވެ.
"ސައިޒަކީ 38 އިނގޭތޯ، ޝުކުރިއްޔާ އެމްޕީ ނަޝީދު އަދި އެމްޕީ ފަޒާދު، ކައުންސިލް ޖެނެރަލް ފިލްޒާ ގައިރު ގާނޫނީ ޖަލްސާއިން މަސީހް ކައިރީ ބުނެފަ ވޯކްއައުޓް ކުރީތީ ޝުކުރިއްޔާ" މަހްލޫފްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
މަހްލޫފް މިހެން ވިދާޅުވެފައިވާއިރު އިއްޔެގެ ޖަލްސާގައިވެސް އަދި މިއަދުގެ ޖަލްސާގައިވެސް އެމްޕީ ފަޒާދު ބައިވެރިވެފައެއް ނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ގަރާރު ފާސްކޮށް އަދި އެ ގަރާރު 30 ދުވަހަށް އިތުރުކުރަން ފާސްކޮށް އަދި ސުޕްރީމް ކޯޓުގައި ލަފައަކަށް އެދެން ފާސްކޮށްފައިވާއިރު މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރުމަށް 43 ވޯޓު ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅުން ބުނަނީ އެއީ ގައިރު ގާނޫނީ ފާސްކުރުން ތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް