ކަނޑުގެ ސަރަހައްދު މިދަނީ ބަލަހައްޓަމުން – ބޭރުގެ ހިލަމެއް ނެތް: ޑިފެންސް

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު، ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދަނީ ބަލަހައްޓަމުން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ...

20 Feb 2018 | 13:40

ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު، ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދަނީ ބަލަހައްޓަމުން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިނުވާކަން، ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމުގައި ޑިފެންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދެންމެ ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

"ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދުވަސްވަރެއްގައި ގައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމށާއި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބާރެއް ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭފަދަ ގޮތްތަކަކަށް މުއާމަލާތް ނުކުރުމަށް އިލްތިމާސް ކުރަމެވެ." ޑިފެންސްގެ ބަޔާނުގައި ވެ އެވެ.

ޑިފެންސުން މިހެން ބުނެފައިވާއިރު ޗައިނާގެ ބައެއް މީޑިއާތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ބޮޑެތި މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ޗައިނާގެ ނޭވީ ފްލީޓެއް އަންނަނީ އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އިންޑިއާގެ ނޭވީން ފަހުން މިކަން ދޮގު ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް