ދައުރުން ބޭރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު 05:45ގައި ބާއްވާގޮތަށް އެޖެންޑާ ކޮށްފި އެވެ.
އެޖެންޑާ އިއުލާނު ކޮށްފައިވާއިރު ކޮމިޓީތަކުން ހުށަހަޅާ ކަންތަކުގެ ތެރޭގައި ގައުމީ ސަލާމަތު ކޮމިޓީން މިއަދު ކުރި ދިރާސާގެ ރިޕޯޓް ހުށަހެޅުން އެޖެންޑާ ކޮށްފައި ވެ އެވެ. އެ ކަންކަމަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާއި ރައީސް ހުށަހެޅުއްވި ހާއްސަ މައްސަލަ އެވެ. އެ މައްސަލައަކީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އިތުރު ކުރަން ހުށަހެޅި ހުށަހެޅުމެވެ.
މި ކަންކަމަށް ވޯޓަށް އެހުންވެސް އެޖެންޑާ ކޮށްފައި ވެ އެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް