ޗައިނާ ސިފައިން ރާއްޖެ ސަރަހައްދަކު ނެތް: އިންޑިއާ

ޗައިނާ ނޭވީ ފްލީޓެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް މިއަދު ބައިނަލްއަގްވާމީ މީޑިއާގައި ކޮށްފައިވާ ރިޕޯޓްތައް އިންޑިއާގެ ނޭވީން ދޮގު ކޮށްފި އެވެ. އިންޑިއާގެ ނޭވީ އާއި ހަވާލާދީ މިކ...

20 Feb 2018 | 12:20

ޗައިނާ ނޭވީ ފްލީޓެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް މިއަދު ބައިނަލްއަގްވާމީ މީޑިއާގައި ކޮށްފައިވާ ރިޕޯޓްތައް އިންޑިއާގެ ނޭވީން ދޮގު ކޮށްފި އެވެ.

އިންޑިއާގެ ނޭވީ އާއި ހަވާލާދީ މިކަން ރިޕޯޓް ކޮށްފައިވަނީ އިންޑިއާގެ ދަ ޕްރިންޓް ނޫހުންނެވެ.

ބައިނަލްއަގްވާމީ މީޑިއާއިން ކުރިން ރިޕޯޓް ކޮށްފައިވަނީ ޗައިނާގެ މަސްދަރުތަކުން ރިޕޯޓް ކޮށްފައިވާ ހަބަރުތަކެއްގެ މައްޗަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ގާތުން ބަލަމުން އަންނަ ކަމަށް އިންޑިއާން ބުނެފައިވާއިރު އިންޑިއާގެ ނޭވީ އާއި ހަވާލާދީ ބުނެފައިވަނީ ޗައިނީސް ނޭވީގެ އެންޓި ޕައިރެސީ އެސްކޯޓް ފޯސް އެއް ހަރަކާތްތެރިވަމުން އަންނަނީ ގަލްފް ސަރަހައްދުގައި ކަމަށާއި އެ ފްލީޓްގައި ތިން ބޯޓެއް ހިމެނޭ ކަމަށެވެ.

ޗައިނާގެ މީޑިއާތަކާއި ހަވާލާދީ މިއަދު ރޮއިޓާސްއިންވެސް ރިޕޯޓް ކޮށްފައިވާގޮތުގައި ޗައިނާގެ 11 ބޯޓު ހިމެނޭ ނޭވަލް ފްލީޓެއް އަންނަނީ އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އިނޑިއާގެ ނޭވީން މިވަނީ މިކަން ދޮގު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް