ވާހަކަ.ކޮމްއިންނެރޭ ފުރަތަމަ ވާހަކަ ބަސްނާފުށީގައި ފޫޅުދިގު ހަންޑިއާއި ރަންނަމާރި ހިމެނޭނެކަމަށް ވާހަކަ.ކޮމް އިން ބެނެފިއެވެ.
" ދުވަސް" އާއި ވާހަކަ ދައްކަމުން ވާހަކަ.ކޮމްއިން ބުނީ މިފަހަރުގެ ވާހަކަ ވަރަށް ތަފާތުވާނެ ކަމަށާއި މިވާހަކަ ވެގެންދާނީ ކުޑަކުދިން ކިޔާ ހިތްވާ ވާހަކައެއްކަމަށެވެ.
"މިއީ ވާހަކަ.ކޮމް އިން ނެރޭ ފުރަތަމަ ވާހަކަ. މިފަހަރު ފޫޅުދިގު ހަންޑިއާއި ރަންނަމާރި މިއޮތީ އެއްވާހަކަ ފޮތެއްގަ. އެހެންވީމަ މިޤަބޫލު ކުރަނީ މިފޮތްވެގެންދާނީ ކުޑަކުދިންގެ މެދުގައި މަޤްބޫލު ފޮތެއްކަމަށް. "
ވާހަކަ.ކޮމް އަކީ ދިވެހި ގިނަ ވާހަކަ ތަކެއް ގެނެސްދޭ އޮންލައިން ޕުލެޓްފޯރމެކެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރު ވާހަކަ.ކޮމް އިން ނެރޭ ފުރަތަމަ ވާހަކަ އަމާޒުކޮށްފައވަނީ ކުޑަކުދިންނަށެވެ. ވާހަކަ.ކޮމް އިން ބުނާ ގޮތުގައި ލިބޭ ތަރްޙީބަށް ބަލާ މުސްތަޤްބަލުގައި ގިނަ ވާހަކަތަކެއް ފޮތެއްގެ ސިފައިގައިނެރޭނެކަމަށެވެ.
ވާހަކަ.ކޮމްއިން ބުނާގޮތުގައި މިހާރުވެސް ވާހަކަ.ކޮމް ސައިޓް މެދުވެރިކޮށް ވާހަކަ ފޮތް "ޕުރީ—އޯޑަރ" ކުރެވޭނެ ކަމަށާއި ޕުރިއޯޑަރ ކުރައްވަވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް ދޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް