ކުއްލި ނުރައްކަލުގެ ހާލަތު ގަރާރާއި ރައީސުލްޖުމްހޫރިއްޔާ އިއްޔެ މަޖިލީހަށް ފޮނުއްވި ހާއްސަ މައްސަލަ އަލުން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަމާލަތާއި ބެހޭ ކޮމިޓީން މިއަދު ބާއްވަން އުޅުނު ބައްދަލުވުން ފަސް ވަނަ ފަހަރަށް ފަސް ކޮށްފި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެއް މެމްބަރު ކަމުގައިވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާގޮތުގައި މިއަދު މެންދުރު 01:30 ގައި ބާއްވަން އުޅުނު ބައްދަލުވުން 02:00އަށް ފަސް ކުރި އެވެ އަދި އެއަށްފަހު 02:30 އަށް ފަސް ކުރި އެވެ.
https://twitter.com/AhmedMahloof/status/965885227024334848
އަދި އޭގެ ފަހުން މެންދުރުފަހު 03:00 އަށް ފަސްކޮށް އަދި އެއަށްފަހު 03:30 އަށް ފަސް ކުރި ކަމުގައިވެސް މައުލޫމާތު ލިބެ އެވެ. އަދި އެ ބައްދަލުވުން އަދިވެސް ފެށުނުކަން ކަށަވަރެއް ނުވެ އެވެ.
ކޮމިޓީ ބައްދަލުވުން ފަސް ވަނަ ފަހަރަށް ފަސްވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވަން އިއުލާނު ކުރި ޖަލްސާ މިއަދު 04:00ގައި ބާއްވަން މެސެޖު ފޮނުވާފައިވާކަމުގައިވެސް ބައެއް މެމްބަރުން ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. ނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށިފައެއް ނުވެ އެވެ. އަދި އެޖެންޑާވެސް މަޖިލިސް ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް