ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު އިތުރުނުކުރާނެ ކަމަށް އުންމީދު ކުރަން: އިންޑިއާ

ރާއްޖޭގައި 15 ދުވަހުގެ މުއްދަތައް އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރެއަށް ހަމަވާއިރު އެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެކަމުގައި އުންމީދި ކުރާ ކަމަށް އިންޑިއާއިން ބުނެފި އެ...

20 Feb 2018 | 11:17

ރާއްޖޭގައި 15 ދުވަހުގެ މުއްދަތައް އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިރެއަށް ހަމަވާއިރު އެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެކަމުގައި އުންމީދި ކުރާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާއިން މިހެން ބުނެފައިވަނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

އެ ނޫސްބަޔާނުގައ ބުނެފައިވަނީ ފެބްރުވަރީ ފަހެއްގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިއަދަށް ހަމަވާއިރު އެކަމުގެ މުއްދަތު އިތުރު ނުކޮށް ސިޔާސީ ކަންކަން ހަމަ މަގުން ދިއުމުގެ ފުރުސަތު ދޭނެ ކަމަށް އިންޑިއާއިން އުންމީދު ކުރާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވި ދިއުމުން ޖުޑީޝަރީ އާއި ޑިމޮކްރެޓިކް މުއައްސަސާތަށް މިނިވަން ކަމާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި މިމަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރަންވާނެ ކަމުގައިވެސް އިންޑިއާއިން ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ ޑިމޮކްރަސީ އާއި ގާނޫނި ބާރު ދެމެހެއްޓުމަށް ރުޖޫއަވާން ޖެހޭ ކަމަށާއި ބައިނަލްއަގްވާމީ ކަންބޮޑުވުންތަކަށްވެސް ރާއްޖެއިން އިޖާބަދޭން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް