މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު ހަވީރު

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވާނެކަން ރޭގައި މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާއިރު އެ ޖަލްސާ ބާއްވަން ތައްޔާރުވަނީ މިއަދު ހަވީރު 04:00ގައި ކަމަށް ދުވަހަށް މަ...

20 Feb 2018 | 07:27

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވާނެކަން ރޭގައި މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާއިރު އެ ޖަލްސާ ބާއްވަން ތައްޔާރުވަނީ މިއަދު ހަވީރު 04:00ގައި ކަމަށް ދުވަހަށް މައުލޫމާތު ލިބިއްޖެ އެވެ.

މުޢުތަބަރު މަސްދަރަކުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު 04:00 ގައި ޖަލްސާ ބޭއްވުމަށް ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ނަމަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާ އާއި ބެހޭ މައުލޫމާތެއް އަދި ނުލިބެ އެވެ. ބެލެވޭގޮތުގައި ކުރިއަށް އޮތް ދެ ގަޑިއިރެއްގެ ތެރޭގައި އެޖެންޑާ އިއުލާނު ކުރާނެ އެވެ.

މަޖިލީހުގެ ހާއްސަ ޖަލްސާއެއް މިއަދު ބާއްވަން ތައްޔާރުވަމުން އަންނައިރު ކުއްލި ނުރައްކަލުގެ ގަރާރަށް ރުހުން ދިނުމަށާއި އެ ހާލަތު އިތުރު 30 ދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ސަރުކާރު ކޯލީޝަނަށް މަދުވެގެން 43 ވޯޓު ބޭނުންވާނެ އެވެ. ނަމަވެސް އިއްޔެ އާއި ހަމައަށް އެ އަދަދު ހަމަ ކުރެވިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް