އިންޑިއާ ސިފައިން ރާއްޖެ އެރުމަށްވުރެ ޗައިނާ ސިފައިން ރާއްޖެ އެރުން ގާތް: އޮސްޓްރޭލިއާ މީޑިއާ

އޮސްޓްރޭލިއާގެ ނޫހެއް ކަމުގައިވާ އެން ޓީ ނިއުސް އަދި ނިއުސް ޑޮޓް ކޮމް ޑޮޓް އޭޔޫ އިން މިއަދު ޝާޢިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައިވާގޮތުގައި އިންޑިއާ ކަނޑުގައި ޗައިނާގެ ހަނގުރާމަމަތީ ބޯޓުތަކެއް އަންނ...

20 Feb 2018 | 03:28

އޮސްޓްރޭލިއާގެ ނޫހެއް ކަމުގައިވާ އެން ޓީ ނިއުސް އަދި ނިއުސް ޑޮޓް ކޮމް ޑޮޓް އޭޔޫ އިން މިއަދު ޝާޢިއު ކޮށްފައިވާ ހަބަރެއްގައި ބުނެފައިވާގޮތުގައި އިންޑިއާ ކަނޑުގައި ޗައިނާގެ ހަނގުރާމަމަތީ ބޯޓުތަކެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެކަމުގެ ބޭނުމަކީ ރާއްޖޭގެ މަސްރަހުން އިންޑިއާ ދުރުގައި ބޭއްވުން ކަމުގައި ބުނެފައި ވެ އެވެ.

އެ ނޫހުގައި ބުނެފައިވާގޮތުގައި "ގަންޝިޕް ޑިޕްލޮމެސީ" އަކީ އެއްގައުމު އަނެއް ގައުމުގެ މައްޗަށް ބާރު ހޯދުމުގައި މި ފަހަކަށް އައިސް އާންމުކޮށް ބޭނުންކުރާ ޑިޕްލޮމެސީ އެކެވެ. ނަމަވެސް އޮސްޓްރޭލިއާ އަކީވެސް އިންޑިއާ ކަނޑުގައި ހިމެނޭ ގައުމަކަށް ވާއިރު އޮސްޓްރޭލިއާއިންވެސް ކަންބޮޑުވާ ކަންތައްތަކެއް ހުންނާނެ ކަމަށް ބުނެފައި ވެ އެވެ.

އެ ނޫހުގައި ބުނެފައިވާގޮތުގައި އިންޑިއާ ކަނޑަށް ވަދެފައިވާ ޗައިނާގެ ނޭވީ ފޯސްގައި، މޮޑަން ޑިސްޓްރޯޔާ ބޯޓަކާއި، ފްރިގޭޓް ބޯޓަކާއި އެމްފިބިއަސް އެސޯލްޓް ބޯޓެއްގެ އިތުރުން ސަޕޯޓް ޓޭންކަރ އެއް އެ ފޯސްގައި ހިމެނެ އެވެ. އަދި ފޯސްގެ ބޭނުމަކީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވިޔަ ނުދިނުން ކަމުގައި ބައިނަލްއަގްވާމީ އެނަލިސްޓުން ދެކޭ ކަމުގައި ބުނެފައި ވެ އެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޭވީ ފައުޖުގެ ފޮޓޯތަކާއި ވީޑިއޯތައް ޗައިނާގެ މީޑިއާތަކުން ދައްކަމުން އަންނަ ކަމުގައިވެސް އެ ނޫހުގައި ވެ އެވެ.

ރާއްޖޭގެ މަސްރަހުގައި ޗައިނާ އާއި އިންޑިއާ އާއި ދެގައުމު ކުރިމަތިލުމަކަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމުގައި ބުނެފައިވާއިރު އިތުރަށް ބުނެފައިވަނީ ރާއްޖޭގެ މަސްރަހު ކުއްލިއަކަށް ގޯސްވެއްޖެ ނަމަ ބައިނަލްއަގްވާމީ "ހީރޯ" އެއްގެ ގޮތުގައި އެ ފައުޖު ރާއްޖެއަށް އެރުން އެކަށީގެންވާކަމަށާއި ރާއްޖޭގައި "ޕީސް ކީޕިން ފޯސް" އެއް ބާއްވައިގެން ސިޔާސީ ގޮތުން ޗައިނާ ތާއީދުކުރާ ބަޔަކަށް ފަހިވާގޮތަށް ރާއްޖެ ހަމައަކަށް އަޅުވަން މަސައްކަތް ކުރާނެ ކަމުގައި ބެލެވޭ ކަމަށްވެސް ބުނެފައި ވެ އެވެ.

ޗައިނާގެ ނޭވީ ފައުޖުގައި ހިމެނޭ ބޯޓު ތަކުގެ ތަފްސީލުވެސް އޮސްޓްރޭލިއާގެ އެން ޏީ ނިއުސްގައި ފާހަގަކޮށްފައި ވެ އެވެ. އެގޮތުން އެ ފައުޖަކީ މާ ބޮޑު ފައުޖެއް ނޫން ނަމަވެސް އެ ބޯޓުތަކަކީ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ބޯޓުތަކެއްކަން ފާހަގަ ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް