ސޫދާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އީޔޫއިން ގޮވާލައިފި

ސޫދާނުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީތަކުން ގޮވާލައިފި އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެގަ...

20 Feb 2018 | 00:56

ސޫދާނުގައި އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ޔޫރަޕިއަން ޔޫނިއަންގެ އެމްބަސީތަކުން ގޮވާލައިފި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު އިދިކޮޅު ސިޔާސީ ފަރާތްތައް ވަނީ ހައްޔރު ކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ އެ ގައުމުގައި ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލުން ރައްޔިތުން މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފެށުމުންނެވެ.

ބައިނަލްއަގްވާމީ ޕްރެޝަރަށް ސިޔާސީ ބައެއް އެކްޓިވިސްޓުން ދޫކޮށްލާފައިވާއިރު ޔޫރަޕިއަން އެމްބަސީތަކުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ. އަދި ބާކީ ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އެ އެމްބަސީތަކުން ގޮވާލާފައި ވެ އެވެ.

އެމްބަސީތަކުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަން ކަމާއި ސުލްހަވެރި މުޒާހަރާތަކަށްވެސް ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް