ސީރިޔާއަށް އދ ގެ އިންޒާރު: ގޯތާގައި އާންމުންނަށް ހަމަލާ ދިނުން ހުއްޓާލަން ޖެހޭ

ސީރިޔާގެ ދާހިލީ ހަނގުރާމައިގާ، ސީރިޔާގެ އިރުމަތީ ސަހަރެއް ކަމުގައިވާ އަލް ގޯތަތުން ދިމަޝްކް (ގޯތާ) އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ އޮޕަރޭޝަނުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުން...

20 Feb 2018 | 00:28

ސީރިޔާގެ ދާހިލީ ހަނގުރާމައިގާ، ސީރިޔާގެ އިރުމަތީ ސަހަރެއް ކަމުގައިވާ އަލް ގޯތަތުން ދިމަޝްކް (ގޯތާ) އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ އޮޕަރޭޝަނުގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ ކަމަށް އދ އިން އިންޒާރު ކޮށްފި އެވެ.

"އެކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ، އެއްވެސް ކުށެއް ނެތް އާންމު ރައްޔިތުން މެރުން ހުއްޓާލުމަށް ގޮވާލަން" ސީރިޔާއަށް ކަނޑައަޅާފައިހުންނަ އދގެ ރީޖަނަލް ހިއުމަނިޓޭރިއަން ކޯޑިނޭޓަރު ޕާނޯސް މޯންތީޒް ނެރުއްވާފައިވާ ބަޔާނެއްގައި ވެ އެވެ.

އދ އިން މި އިންޒާރު ނެރެފައިވާއިރު ދިމިޝްގާއި އިންވެ އޮން މި ސަހަރުގައި އިއްޔެ އެކަނިވެސް އެކި ހަމަލާތަކުގައި އާންމުންގެ 77 އަށްވުރެ ގިނަ މީހުން މަރާލާފައި ވެ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމަ 2012 ވަނަ އަހަރު ފެށުނީއްސުރެ ގޯތާ ވެފައި އޮންނަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރު ގަދަ ސަރަހައްދަކަށެވެ. އެހެންކަމުން އެ ސަރަހައްދު އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އެގައުމުގެ އަސްކަރިއްޔާއިން އަންނަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.

އދގެ ކޯޑިނޭޓަރު ވަނީ އެ ސަރަހައްދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލައި އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށްވެސް ގޮވާލާފަ އެވެ.

އާބާދީގައި ގާތްގަނޑަކަށް ހަތަރު ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ ގޯތާގައި ފުރާނަ ސަލާމަތް ކުރުމަށް އެތައް ބަޔަކު އަންނަނީ އެ ސަހަރު ދޫކޮށް އެހެން ސަރަހައްދުތަށް ހިޖުރަވެސް ކުރަމުނެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް